ރީތި ފޮތިގަނޑެއް ލިބުމަކުން އަދި ނިމުނީކީ ނޫނެވެ. ބޭނުންވާ ބައްޓަމަށް، އެ ރީތި ފޮތިގަނޑު ފަހައިދޭނެ މޮޅު ފެހުންތެރިއެއް ހޯދުމަކީވެސް މާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ކަސްޓަމަރުންނާ އަބަދުވެސް އެންމެ ގާތް، އޭއެސް ކަލެކްޝަނުން މިވަނީ މިކަމަށް ހައްލު ހޯދައިދީފައެވެ.
ރީތި އަބާޔާތައް ފަހައިދީގެން މީހުންގެ ލޯބި ހޯދި އޭއެސް ކަލެކްޝަނުން ހެޔޮ އަގުގައި ފޮތި ގަނެ، ހަމަ އެތަނުން، އެހާމެ ރީތިކޮށް، ބޭނުން ގޮތަަކަށް، ކޮންމެ ކަހަލަ ހެދުމެއްވެސް މިހާރު ފަހާލެވޭނެއެވެ.
އޭއެސް ކަލެކްޝަނުން ފަހައިދެނީ ކޮންކަހަލަ ހެދުމެއް؟
ކޮންމެ ތަނަކުން ފޮތި ގަނެގެން ހަވާލު ކުރިޔަސް، އޭއެސް ކަލެކްޝަނުން ފަހައިނުދޭނެ އެއްޗެއް ނެތެވެ. ކުޑަކުދިންގެ ހެދުމާއި، އޮފީސް ހެދުމާއި، އަންހެނުންނާއި ފިރިހެނުންގެ ޖީންސް، ޔުނިފޯމް، ޕާޓީ ހެދުން، ވެޑިން ޑްރެސް އަދި ދިވެހި ސަގާފީ ހެދުންވެސް ފަހައިދެއެވެ. ކަސްޓަމަރުން އެދޭ ތާރީހަށް ހެދުން ނިންމައިވެސް ދެއެވެ.
ފޮތީގެ އިތުރުން ލިބެނީ ކޯޗެއް؟
އޭއެސް ކަލެކްޝަނުގެ ޝޯ ރޫމުން، ރީތި އެކި ކަހަލަ ފޮތި ހެޔޮ އަގުގައި ލިބެން ހުންނައިރު، ރޭނދާ އަދި ބީޑްސް ފަދަ ހެދުން ޖަރީ ކުރަން ބޭނުންވާ އެތައް ސާމާނެއްވެސް ލިބެން ހުރެއެވެ.
https://www.facebook.com/shirushaukath79/
ހާއްސަ ކަމަކީ ކޮބާ؟
ރީތި ފޮތި ހެޔޮ އަގުގައި ހޯދުމަކީ ދަތި ކަމެކެވެ. އެހެންނަމަވެސް އޭއެސް ކަލެކްޝަނުން އެކި ކަހަލަ މެޓީރިއަލްގެ ފޮތި ވިއްކަނީ ނަން މަޝްހޫރު އެހެން ފޮތި ފިހާރަތަކާ އަޅާބަލާއިރު ހެޔޮ އަގުގައި ކަމަށް އެތަނުން ބުނެއެވެ.
އެގޮތުން މިހާރު އެންމެ މަޝްހޫރު ”ސޭ ފެބްރިކް“ގެ މުށެއް އެންމެ 27 ރުފިޔާއަށް އެތަނުން ލިބެން ހުރެއެވެ.
”އަރްމާނީ ސިލްކު މެޓީރިއަލް، 35އަށް މުށެއް. ދެން އަދިވެސް އެހެން ވައްތަރުތަކުގެ ފޮތިވެސް ވަރަށް ހެޔޮ އަގުގައި ލިބޭނެ. މިވަގުތު އެންމެ ހިނގާ ފޮތިތައް ޖޫންމަހު 20ގައި.“
މީގެއިތުރުން ޕާޓީތަކަށް ހަތަރު ފޭއްޔަށްވުރެ ގިނަ ފޮއްޗަށް އޯޑަރު ދީފިނަމަ، އެންމެ 10 ދުވަސް ތެރޭގައި ތިބާ ހުރި ތަނަކަށް ޑެލިވަރކޮށްދޭނެއެވެ. ޕާޓީ ފޮތީގެވެސް އެކި ކުލަތައް އޭއެސް ކަލެކްޝަނުން ލިބޭނެއެވެ.
އޭއެސް ކަލެކްޝަނުން ފޮތި ގަންނަން ބޭނުންވާ ފަރާތްތަކަށް އޮތީ އުފާވެރި ޚަބަރެކެވެ. މި މަހުގެ ފަހުކޮޅު އެތަނުން އިތުރު މެޓީރިއަލްގެ ފޮތިވެސް ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.
ފިހާރަ ހުންނަނީ ކޮންތާކު؟
އޭއެސް ކަލެކްޝަން ހުންނަނީ މާފަންނު ހަވީރީ، ހިނގުން، ލެޓްސްގޯ ކޮފީ ރެސްޓޯރެންޓް ކައިރީގައެވެ. މިތަން ހުންނަނީ ލެސްޓްގޯ ޓަވަރގެ ދެވަނަ ފްލޯރގައެވެ. އޭއެސް ކަލެކްޝަން ހުޅުވާފައި ހުންނާނީ ހެނދުނު 9އިން ރޭގަނޑު 11އަށެވެ. އެތަނުން ޑެލިވަރީގެ ހިދުމަތްވެސް ދެއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އެއްޗެހި ފޮނުވައިދެއެެވެ.
The best ♥️??
Keep going ???
Really appreciate your hard work ???????♥️
ހެދުންތައް ވަރަށް ރީތި.. ހާއްސަކޮށް އަބާޔާތައް ވަރަށް ކަމުދޭ
އަ.. ކެކެެ… މިހާރު ތިމީހުންގެ ކަމަކީ ހެދުމަށްވުރެ މީހާ އަރިއަރި ވެފަ މީހާ އިސްތިހާރު ކުރުންހެންވެސް ހީވެ