މާލޭގެ ރަށްވެހިންނަށް ދޫކުރާނެކަމަށް ވިދާޅުވި 5000 ގޯތީގެ ތެރެއިން ދޫކުރާ ފުރަތަމަ 3000 ގޯތި ދޫކުރަން މި މަސް ނިމުމުގެ ކުރިން އިޢުލާނު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ސޯލިހު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ހޯދައިދިނުމުގެ ގޮތުން ފުރަތަމަ ދޫކުރާ 3000 ގޯތި ދޫކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ބޭއްވެވި ވިއަވަތި ރާއްޖެ ކޮންފަރަންސް ދޭއްގެ ކާމިޔާބީތަކަށް ވެސް އަލިއަޅުވާލެއްވިއެވެ. އުކުޅަހުގައި ބޭއްވި މި ކޮންފަރެންސް އަމާޒުކޮށްފައި ވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަކި އަތޮޅެއް ވަކި ރަށެއް ތަފާތު ނުކޮށް ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމުގައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމުގެ ހިތްހަމަޖެހުން މި ކޮންފަރެންސްގައި ކައުންސިލަރުން ހިއްސާ ކުރެއްވިކަން ފާހަގަކުރައްވާފައެވެ.

އަދި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުން ހުށަހެޅުއްވި ކަންކަމުގެ އަލީގައި ގެންނަން ޖެހޭ ބަދަލުތައް ސަރުކާރުން ގެންނަވާނެކަމުގައި ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.