ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ހާމަކޮށްފިއެވެ.

Ads by Asuru

އެ ޕާޓީން ބުނީ އަންނަ އަހަރުގައި، ކޯލިޝަނަކާ ހިސާބަށް ދާންޖެހިއްޖެ ނަމަ، އެހިސާބަށް ދިޔަސް، ޖޭޕީން ގޮތެއް ނިންމާނީ ޕާޓީގެ އަސާސީގަވައިދުގައި ބުނާ ގޮތުގެ މަތިން ޕާޓީގެ ކައުންސިލްގެ މަޝްވަރާ ކުރުމަށްފަހު ކަަމަށެވެ.

ޖޭޕީން ރިޔާސީ ރޭހަށް ނުކުންނާނެކަން ހާމަކުރިިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އެމްޑީޕީން 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެދޭނަމަ، އެމަނިކުފާނަކީ ”ޗޮއިސް“އެއް ކަމަށާއި، ކޯލިޝަނަކާއެކު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަަމަށް ވިދާޅުވެފައެވެ.