މިއަހަރުގެ އޭޝިއާ ޕެސިފިކް އެވޯޑުން، އުރީދޫ މޯލްޑިވްސް ފާހަގަކޮށްލެވޭ އެވޯޑުތަކެއް ހޯދައިފިއެވެ.

Ads by Asuru

އެކުންފުންޏަށް ވަނީ ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ދީފައިވާތީ ”ގޯލްޑް އެވޯޑް“ވެސް ލިބިފައެވެ. އަދި އެމް-ފައިސާ އާއި މޫލީގެ ހިދުމަތަށްވެސް އެވޯޑު ލިބުނެވެ.

އެކުންފުންޏަށް ވަނީ ގޯލްޑް ސްޓީވީ، ސިލްވަ ސްޓީވީ އަދި ބްރޮންޒް ސްޓީވީ އެވޯޑުވެސް ލިބިފައެވެ. މި ކާމިޔާބީއާ ގުޅިގެން އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ޑިޖިޓަލް ހިދުމަތްތަކާއި އީޖާދީ ހައްލުތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖްތަަމައުއަށް ފުރުސަތުތަކެއް ފަހިކޮށްދިން އެކުންފުނީގެ މަސައްކަތްތައް ބައިނަލްއަގްވާމީ ގޮތެއްގައި ބަލައިގަތުމަކީ ލިބޭ ޝަރަފެއް ކަމުގައެވެ.

ޑިޖިޓަލް ރާއްޖެއެއް ބިނާ ކުރުމުގެ ގޮތުން އުރީދޫގެ އިސްނެގުންތަކާއި އީޖާދީ ހިދުމަތްތައް ގާއިމު ކުރުމަށް ކުރާ ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އެކުންފުނިން އަންނަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯމްތަކުގެ ސަމާލުކަން ހޯދަމުންނެވެ.

އެކުންފުނިން ވަނީ، ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަހިކަމެއް ގެނެސްދިނުމަކީ އެންމެ މުހިންމު ކަމެއް ދީގެން ކުރެވޭ މަސައްކަތް ކަމަށް ބުނެފައެވެ.