ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ޝަމާލު، ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންފުޅުވެލައްވާނަމަ، މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ދިފާއީ ވަޒީރު، އާދަމް ޝަރީފު އުމަރު ގޮވާލައްވައިފިއެވެ.
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާ ގުޅޭގޮތުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މަޝްވަރާ ކުރައްވަން މާމިގިއްޔަށް ވަޑައިގެންނެވިއިރު އެދެބޭފުޅުންގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސިފައިން ސިޔާސީ ކަންކަމުގައި އުޅުމަކީ މަނާ ކަަމަކަށްވާއިރު، މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅެން ބޭނުންވާ ނަމަ ޝަމާލް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި ސިފައިންގެ ވަޒީފާއިން އޭނާ ވަކިކުރަން ޖެހޭ ކަމަށެވެ. އަދި ސިފައިންގެ އާއި މުޅި ގައުމަށް ވެސް އެންމެ ފައިދާވާނެ ގޮތަކީ އެއީ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
CDF Shamaal siyaasee kankamugai ulhuvvan beynunfulhu vaanama avahah isthiufaa dhevvaa/vakikuravvaa! MNDF aai mulhi qaumah ves emme faidhaavaanee egoiy! Siyaasee meehaku CDF akah kamaku nudhaane! Eynaage amurumauroof hingumugai biased ve, amilla adhi partyge maslahathu iskuraane! pic.twitter.com/iQp26mYD3e
— Adam Shareef Umar (@Adamshareefz) June 11, 2022
ޝަމާލް ސިޔާސީ މަސައްކަތުގައި އުޅުއްވާ ފޮޓޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.
