ދިވެހިރާއްޖޭގެ އިގްތިސާދު ދަނީ ހަމަ މަގަށް އެޅެމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ ވާދަވެރިން މަސައްކަތް ކުރަނީ ސަރުކާރު ”އިނދަޖައްސާލަން“ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރު ބަނގުރޫޓްކޮށް އިނދަޖައްސާލަން އެތެރެ އާއި ބޭރުން ވާދަވެރިން ކުރާ މަސައްކަތުގެ ސަބަބުން ބަނޑަށް ޖެހޭނީ ހުރިހާ ދިވެހި ރައްޔިތުން ކަމަށާއި މިއީ ފުންކޮށް ވިސްނަންވެއްޖެ ކަމެއް ކަމަށެވެ.

މަވޯޓާ ވިދާޅުވީ ރާއްޖެ އަށް އިގުތިސާދީ ގޮތުން ދަތިތަކެއް ހުއްޓަސް ސަރުކާރުން ދައްކަން ޖެހޭ ދަރަނިތައްވެސް މުއްދަތަށް ބަރާބަރަށް ދައްކަމުން އަންނަ ކަމަށާއި، ސަރުކާރާ ވާދަވެރި ފަރާތްތަކުން ބޭނުން ވަނީ ދައުލަތަށް ލޯނު ލިބެން އޮތް ހުރިހާ މަގެއް ބަންދުކުރަން ކަމަށެވެ.

”ފުންކޮށް ވިސްނަން ވެއްޖެ ކަމެއް. މިގޮތަށް ނުކުރުމަށް ގޮވާލަން.“ އޭނާ ވިދާޅުވިއެވެ.

މަވޯޓާ ވިދާޅުވީ މި ސަރުކާރަށް ކޮވިޑާ ހެދި ކުރިމަތިވި އެންމެ ދަތި ދުވަސްވަރު ވެސް ރައްޔިތުން ބަނޑަށްޖެހިޔަ ނުދީ ދެ އަހަރު ވަންދެން އިގުތިސާދު ރަނގަޅަށް މެނޭޖްކޮށްފައިވާ ކަމަށެވެ.