ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އިން ގައުމު ހިންގަނީ ނޫން ކަމަށާއި، ގަނަތެޅެނީ ކަަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކުރުމާ ގުޅިގެންނެވެ.
އެމްޑީޕީގެ 65 މެމްބަރުން ތިއްބަވާ ޕީޖީން އެ ގޮތަށް ފާސްވީ ހާޒިރުވި މެމްބަރުންގެ ތާއީދުންނެވެ.
މަލީހު ވިދާޅުވީ އެމްޑީޕީ ފެއިލް ކޮށްލީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބެއްލެވުުމުގެ ދަށުން، ޑީއާރްޕީ ފެކްޝަނާއި، އެސްއެލްޕީގެ ފެކްޝަނުން ކަމަށެވެ.
އެމްޑީޕީގެ އާންމު މެމްބަރުންނަށް އޮތް ގޮތަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ރައީސް ސޯލިހުއާ ދެކޮޅަށް ވޯޓުލައި، އެމްޑީޕީ، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ހަވާލު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
ޤައުމު ހިންގަނީކީ ނޫން. ގަނަ ތެޅެނީ. އެމްޑީޕީ ފެއިލްކޮށްލީ ރައީސް އިބޫގެ ބެއްލެވުމުގެ ދަށުން ޑީއާރުޕީ ފެކްޝަނާއި އެސްއެލްޕީ ފެކްޝަނުން. އެމްޑީޕީގެ އާންމު މެމްބަރުންނަށް އޮތީ 2023ގައި މިސަރުކާރާ ދެކޮޅަށް ވޯޓްލާ ރ.އިބޫ ބަލިކޮށް އެމްޑީޕީ ރައީސް ނަޝީދާއި ހަވާލުކުރުން. https://t.co/xLuyiWnwmU
— Mohamed Maleeh Jamal (@maleehjamal) June 13, 2022
ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ސަބަބާ ގުޅޭ ގޮތުން އެކަމުގައި އުޅުއްވާ ބައެއް މެމްބަރުން ވިދާޅުވަނީ ޕީޖީގެ ޒިންމާ، ޝަމީމަށް ފުރިހަމައަށް އަދާނުކުރެއްވޭ ކަމަށެވެ.
އެގޮތުން ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި ނުބައިކޮށް މުއްދަތު ގުނުން ފަދަ ކަންކަން އޭގެތެރޭގައި ހިމެނޭ ކަަމަށް ވިދާޅުވެފައިވެއެވެ.

މަލީޙު އަމާޒެއް ނެތި ލާހޫރޭ މީހެއް ވީމާ އަނގަވެސް ތެޅެނީ، ބަހަބޯ ކަލޭގެ ދަރިންގެ ގޮތް ތީ