އެންމެ ގިނަ ރައްޔިތުން ޖަލަށް ލުމުގެ ރިކޯޑް، އަދިވެސް އޮތޯ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތްޕުޅުގައި ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ

Ads by Asuru

ބެލެވޭ ގޮތުގައި، އޭނާ މިހެން ވިދާޅުވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓާ ގުޅިގެންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލެވުނު މީހުން މަދީތޯ، މިނިސްޓަރު ޔުމްނާ ސުވާލު އުފައްދަވާފައިވެއެވެ

ޔުމްނާ މިފަދައިން ސުވާލު އުފެއްދެވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގަމުން އަންނަ ”އިންޑިއާ އައުޓް“ ކެމްޕެއިން ހުއްޓުވަނީ ޣައިރު ޤާނޫނީކޮށް ކަމަށާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދިގު މުއްދަތަކަށް ޖަލަށް ދާން ޖެހިދާނެކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ

މާލެ ސިޓީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔަމީން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ

އެމަނިކުފާނުގެ ވާހަކަފުޅާ ގުޅިގެން، ޔުމްނާ ވަނީ ޖަލުތައް ބޮޑުކޮށް، ހުރިހާ ރައްޔިތުން ޖަލަށް ލާނީތޯ އައްސަވައިފައެވެ

ޔުމްނާއަށް ފާޑުވިދާޅުވެ، މަލީހު ކުރެއްވި ޓްވީޓުގައި ވަނީ ދިވެހި ތާރީހުގައި އެންމެ ގިނަ ރައްޔިތުން ޖަލަށް ލުމުގެ ރިކޯޑް އަދިވެސް އޮތީ ރައީސް މައުމޫން އަތްޕުޅުގައި ކަމަށް ވިދާޅުވެފައެވެ

”އެދާއިރާއިން އެމަނިކުފާނާއި ވާދަކުރެއްވޭ ބޭފުޅަކުވެސް އަދި ނާދޭ. ބައެއް ބޭފުޅުން މަސައްކަތް އެކުރައްވަނީ ތާރީހު ކަފުން ކުރައްވަން.“ މަލީހު ވިދާޅުވިއެވެ