ވަގަށް މުރަނގަފަތް ބިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ، މި މައްސަލަ އަކީ މިއަހަރުގެ ފެބްރުއަރީމަހުގެ އަށް ވަނަ ދުވަހުގެ ވަގުތެއްގައި ބަނޑޭރިކޮށި ގޯއްޗެއްގައި ހުރި މުރަނގަ ގަހަކުން އެކި ދުވަސްމަތިން ވަގަށް މުރަނގަ ފަތް ބިންނަކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ.

https://twitter.com/PoliceMv/status/1537302434271608832

އެގޮތުން ގަލޮޅު ޕޮލިސްގެ އިންވެސްޓިގޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ އެ މީހާ ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.