ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓް ސަރަހައްދުގައި ރޭ ކުރިއަށްދިޔަ އިވެންޓްބކަވަރު ކުރަން ހުރި ”ވޮއިސް“ ނޫހުގެ އެޑިޓަރަށް ސިފައިންގެ ބޭކަލަކު އިންޒާރު ދިން މައްސަލަ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.
އެމްޓީީސީސީގެ ”ރާއްޖެ ޓްރާންސްޕޯޓް ލިންކް“ގެ ބަހުގެ ހިދުމަތް ހުޅުމާލެ ފޭސް ދޭއްގައި ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތު ކަވަރު ކުރަން ގޮސް ހުރި ”ވޮއިސް“ގެ ޗީފް އެޑިޓަރު ޝަފްރާޒް އަހްމަދު ހުސެއިންއަށް ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންގެ ޓީމްގައި ހިމެނޭ ސިފައިންގެ މީހަކު ވަނީ އިންޒާރު ދީފައެވެ.
We call on all government bodies to respect and safeguard all journalist's rights.We condemn the threats and warnings directed by local authorities against "@thevoice_mv / @voicemv_eng " chief editor @XefroX during tonight's media coverage. @mmc_mv @governmentmv pic.twitter.com/nXrPA7d60k
— SAIZAN (@Xaizan) June 15, 2022
ޝަފްރާޒު ބުނީ އެސަރަހައްދަށް އެއްވެފައި ތިބި އާއްމުން ކައިރީގައި އޭނާ ހުއްޓާ ސިފައިން އައިސް، އޭނާ ”ހޭއަރުވާލަން ޖެހޭ“ ކަމަށް ބުނެފައިވާ ކަަމަށެވެ.
މިކަން ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް، ނޫސްވެރިންނަށް ބިރު ދެއްކުމުގެ ގޮތުން ސަލާމަތީ ބާރުތަކުން ހިންގާ މިފަދަ އަމަލުތައް އިތުރު ވަމުން އަންނަ ކަމަށެވެ.
އަދި ޑިމޮކްރަސީއާ ހިލާފު މި އަމަލުތައް ތަހުގީގު ކުރުމަށް ފުލުހުންނަށްވެސް ވަނީ ގޮވާލާފައެވެ.