މާލޭ މީހުން ޕިކްނިކް ދިއުމަށް ތަރައްގީކުރާ ކ. ކުޑަގިރީގެ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ބައްލަވާލައްވައިފިއެވެ.

Ads by Asuru

ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރު ބައެއް ކުންފުނިތަކުގެ ބޮޑުން ވެސް ހިމެނޭހެން ކުޑަގިރިއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ޤާއިމުކުރަމުންގެންދާ ވަޞީލަތްތަކުގެ މަސައްކަތް ހިނގަމުންދާގޮތް ވަނީ ބައްލަވާލައްވާފައެވެ.

އެގޮތުން އެރައިވަލް ޖެޓީއާއި، އެރަށަށް ދަތުރުދާ މީހުންނަށް މެހްމާންދާރީ އަދާކުރުމަށް ތަރައްޤީކުރާ ރިސެޕްޝަނާއި، މިސްކިތް ޢިމާރާތާއި ޕަވާހައުސްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތްތައް ވަނީ ބައްލަވާލައްވާފައެވެ.