ފ.ދަރަނބޫދޫގައި އިންޑިއާގެ މަސައްކަތްތެރިންތަކެއް ނިންދަވާ މިސްކިތަކީ އިސްލާމިކް މިނިސްޓްރީން އެރަށު ކައުންސިލާ ހަވާލުކޮށްފައިބާ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

އެ މިނިސްޓްރީން މިހެން ބުނީ ދަރަނބޫދޫގައި ހުންނަ ކުރީގެ މިސްކިތުގައި، އެރަށުގެ ނަރުދަމާގެ މަސައްކަތް ކުރަން ގޮސްތިބި އިންޑިއާގެ 200އެއްހާ މީހުން ނިންދަވާކަން އާންމުންގެ ސަމާލުކަމަށް އައުމުންނެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެރަށުގައި 2017 ވަނަ އަަހަރު އާ މިސްކިތް ހުޅުވުމުން، ކުރީގެ މިސްކިތް ކައުންސިލާ ހަވާލު ކުރެވުނު ކަމަށާއި، އަދި އެތަނުގައި ޤުރުއާން ކްލާހެއް ހިންގަން ފެށިކަންވެސް މިނިސްޓްރީއަށް އެނގިފައިވާ ކަަމަށެވެ.

މިކަމާ ގުޅޭގޮތުން އެރަށު ކައުންސިލުން އޮންލައިން ނޫހަކަށް ބުނީ، އެ މިސްކިތަކީ ގަބުރު މަތީގައި އަޅާފައި ހުރި މިސްކިތަކަށް ވުމުން، އެ ހިސާބުން ގަބުރު ފެންނާތީ އެތަން ފަހުން ބޭނުން ކުރަމުންދަނީ މަސައްކަތްތެރިން ނިންދަވާ ތަނެއްގެ ގޮތުގައި ކަމަށެެވެ.