ކެލޮރީ އެންމެ މަދު މޭވާތަކުގެ ތެރޭގައި ކަރާ ހިމެނޭނެއެވެ. ޖޯޑަކަށް ގާތްގަނޑަކަށް 154 ގްރާމް ގެ ކަރާ އެޅޭއިރު އެއީ 46 ކެލޮރީއެވެ.

Ads by Asuru

މީގެ އިންސާނާގެ ހަށިގަނޑަށް ދުވާލަކު ވިޓަމިން ސީ ބޭނުންވާ މިންވަރުގެ 21 އިންސައްތަ އަދި ދުވާލަކު އިންސާނާގެ ހަށިގަނޑަށް ވިޓަމިން އޭ ބޭނުންވާ މިންވަރުގެ 18 އިންސައްތަ ލިއްބައިދެއެވެ.

ސައިންސްވެރިން ކުރި ދިރާސާތަކަށްފަހު ހާމަކުރި ގޮތުގައި ކަރާގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން، ހަޖަމުގެ ނިޒާމަށް ޖެހޭ ކެންސަރުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި ޓިއުމަރު އުފެދުމުން ދުރުކޮށްދޭ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

ކަރާއަކީ، ހިތުގެ ބަލިތައް ޖެހުމުންވެސް ދުރުކޮށްދޭ މޭވާއެކެވެ. ކެއުމުގައި ކަރާ ހިމެނުމުން ހާޓް އެޓޭކް، ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

އަދި ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް މިންވަރު މަތި މީހުންނަށްވެސް، ކެއުމުގައި ކަރާ ހިމެނުމުން ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް މިންވަރު ކުޑަކޮށްދެއެވެ.