ތިބާ ކުރާ ކޮންމެ ދުޢާއެއްވެސް، މާތް ރަސްކަލާނގެ އައްސަވާ ވޮޑިގެންވެއެވެ. އެއީ ކުޑަކޮށްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
އެކަލާނގެ، އަހަރުމެން އިންސާނުންނަށްވުރެ ބޮޑަށް އަހަރުމެން ދެނެވޮޑިގެންވެެއެވެ.
ތިބާ ވަކި މީހަކާ ކިތަންމެ ވަރަކަށް ކައިވެެނި ކުރަން ބޭނުންވެ، އެކަމަށް އެދެވުނަސް، އެއީ ތިބާއަށް ގޯސްކަމެއް ކަމަށްވާނަމަ، އެކަމެއް އެންމެ މޮޅަށް ދެެނެވޮޑިގެންވަނީވެސް އެކަލާނގެއެވެ.
އެހެންކަމުން އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅަކު، ދެރަ ކަމަކުން ސަލާމަތް ކުރެއްވުމަށްޓަކައިވެސް، ދުޢާގައި އެދުނު ގޮތަށް ކަންކަން ފަހިކޮށްނުދެއްވާފާނެއެވެ.
މިހެން ކަން ދިމާވެއްޖެނަމަ، އަހަރެން އެވަރަށް ދުއާ ކުރުމުންވެސް އަޑު ނޭއްސެވީއޭ ހިތަށް އަރުވައި، މާޔޫސްވާކަށް ނުވާނެއެވެ. ތިބާއަށް އެންމެ ފައިދާ ކުރުވަނިވި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ތިބާ ހެއްދެވި ފަރާތެވެ.
ބައެއް ފަހަރު އަހަރުމެން ދުއާގައި އެދޭ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މި ދުނިޔޭގައި ލިބޭއިރު، ދުއާގެ ބަދަލު ދުނިޔެއިން ނުލިބިއްޖެނަމަ، އާޚިރަތް ދުވަހަށް އެކަމެއް ފަސް ކުރައްވައެވެ. އެނގެން އޮތް ކަމަކީ މާތް ރަސްކަލާނގެ އަހަރުމެންގެ އަޑު އައްސަވާވޮޑިގެންވާ ކަމެވެ. އަދި އަބަދުވެސް އެކަލާނގެ މިންވަރު ކުރައްވާނީ އެންމެ ރަނގަޅަށެވެ.
(މުފްތީ މެންކުގެ ދަރުސަކުން..)
