ތ. ދިޔަމިގިލީގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

މި މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ދިޔަމިގިލީ ކައުންސިލްގެ ރައީސް އަޙުމަދު މޫސާއެވެ.

މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށްވާއިރު މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 8،811،039.97 ރުފިޔާއަށެވެ.

އަންހެނުންނަށް ވެސް ނަމާދުކުރެވޭ މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ 28 ޑިސެންބަރު 2021 ގައެވެ. މި މިސްކިތް 365 ދުވަހުގެ ތެރޭ ނިންމަންޖެހެއެވެ.