ޔޯގާގެ ނުރައްކަލުން ސަލާމަތްވެ ތިބުމަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ގޮވާލައްވައިފިއެވެ.
އިހުސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމަށް، އެގައުމުގެ އެމްބަސީތަކުން ހިންގާ ހަރަކާތަކީ، އޭގެ ފެށުމުގައި ކިޔާ ”ޝިވާ ކަލާނގެ“އަކަށް ނިސްބަތް ކުރާ، ހިންދޫންގެ ދީނީ ހަރަކާތެއް ކަމަށެވެ.
މި ނުރައްކަލުން ސަލާމަތްވެ ތިބުމަށް އެންމެހާ ދިވެހިންނަށް ދަންނަވަން.
https://twitter.com/ali_ihusaan/status/1538729725467586560
މިމަހުގެ 21 ވަނަ ދުވަހަކީ، ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރުމަށް ރަސްފަންނުގައި ޔޯގާގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ޔޫތު މިނިސްޓްރީން ވަނީ ރާވާފައެވެ.
އިންޑިއަން ހައިކޮމިޝަނާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މިހަރަކާތާ ދުރުވުމަށް ގިނަ ދީނީ އިލްމުވެރިން ދަނީ ގޮވާލަމުންނެވެ.

ހިންދޫންގެ ހުވެފެނަކީ އެމީހުންގެ ބޮޑު ހިންދޫ ދައުލަތް އުފެއްދުން އެކަމަށް މަގުފަހި ކުރަން ހިންދޫ ދީން މުޅި ދުނިޔޭގައި ޕުރަމޯޓް ކުރަމުން މިދަނީ ، މުސްލިމުން ވެސް އެމީހުންގެ ދީން ހިކުމަތާއި ރިވެތި އަހުލާޤާއި ނަސޭހަތާއި އިރުޝާދާއި އެކު މުޅި ދުނިޔޭގައި ފަތުރަން މަސައްކަތް ކުރަން އެބަޖެހޭ !