ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް، ”އުރީދޫ ނޭޝަން-ގޭމަރސް ލޭންޑް“ ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

Ads by Asuru

އުރީދޫ މޯލްޑިވްސްއިން މި ޕްލެޓްފޯރމް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ރާއްޖޭގައި ގޭމިން ކޮމިއުނިޓީ އެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަގްސަދުގައި ކަމަށް އެކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނިގޮތުގައި އުރީދޫގެ ވަރުގަދަ 4ޖ އަދި 5ޖީ ނެޓްވޯކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއެކު ވެވިފައިވާ ޕާޓްނާޝިޕްތަކުގެ އެހީގައި، އުރީދޫ ނޭޝަންގެ އަމާޒަކީ، ގޭމިންއާ ގުޅުންހުރި ހުރިހާ ހިދުމަތާއި މައުލޫމާތު އެއް ޕްލެޓްފޯމެއްގައި ގެނެސްދިނުމެވެ.

އަދި އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަން އަދި މިނޫންވެސް ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑް ގަނެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، ގޭމް ކުޅޭ ފަރާތްތަކަށް ooredoonation.mv މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔާ، މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޮބްލަކްސް އަދި މިނޫން ވެސް ގިނަ ގޭމްތަކަށް މޮބައިލް ޑޭޓާ ޕެކްތައް އެކްޓިވޭޓް ކުރެވޭނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.

ގޭމިން ޕެކްތަކާއި ގިފްޓް ކާޑު އަދި ކޮންޓެންޓްގެ ހިދުމަތުގެ އިތުރުން އުރީދޫ ނޭޝަން އިން ގޭމް ކުޅޭ ފަރާތްތަކަށް އަގު ހުރި އިނާމުތަކާއެކު ލޯކަލް އަދި އިންޓަނޭޝަނަލް މުބާރާތްތައްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.