ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިބިދޭ، ގާނޫނު އަސާސީގެ 27 ވަަނަ މާއްދާ ބާތިލު ކޮށްލަން ވީނުންތޯ، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ސުވާލު ކުރައްވައިފިއެވެ.

Ads by Asuru

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް ބަޔާންކޮށް، އެޓާރނީ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ބަޔާނަށް އިޝާރާތްކުރައްވައި،  ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓެގު ކުރައްވާފައިވާ ޓްވީޓެއްގައި ޖަމީލު ވަނީ ރައީސް އަމިއްލަފުޅަށް ނިގޫ ގޮށް ޖެހެނީ ކަމަށް ވިދާޅުވެފައެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ގާނޫނަށް ގެނައުމަށް ކަނޑައެޅިފައިވާ އިސްލާހު ތަކުގެ ދަށުން، އެހެން ގައުމެއްގެ ދިދައަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުމާއި ބަދަލު ގެނައުން، އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލުން، އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން، އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން އަދި އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހި ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން ހިމެނެއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ގާނޫނަށް ގެނައުމަށް މަސައްކަތްކުރާ ބަދަލު ތަކުން އިދިކޮޅުން ހިންގަމުންދާ، “އިންޑިއާ އައުޓް” ހަރަކާތް އެއްކޮށް ހުއްޓުވާލެވިގެންދާނެއެވެ.