ސަރުކާރުގެ އިސް ވެރިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ގަދަރު ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފި ކަމަށް ލ.މާމެންދޫ ކައުންސިލުން ބުނެފިއެވެ.
އެކައުންސިލުން މިހެން ބުނީ އިންޓަރނޭޝަނަލް ޔޯގާ ޑޭއާ ގުޅިގެން، ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވި މައްސަލައިގައި، ހައްޔަރު ކުރި ދީނީ އިލްމުވެރިން ދޫކޮށްލުމަށް ގޮވާލާ ނެރުނު ބަޔާނެއްގައެވެެ.
ޔޯގާ ޑޭގެ ހަރަކާތާ ގުޅުވައި ހައްޔަރު ކުރީ އައްޝެއިޚު އާދަމް ނިޝާނާއި، ޝެއިޚު މުޙައްމަދު ފަޒްލޫނެވެ. މި ބޭފުޅުންގެ ތެެރެއިން ނިޝާން ހައްޔަރު ކުރީ އޭނާގެ ކުޑަ ދަރިފުޅާއެކު އިޝާ ނަމާދަށް ވަޑައިގަންނަވަނިކޮށެވެ. އޭނާގެ ދަރިފުޅު ރޮމުން ދިޔައިރު، ފުލުހުން އެކަމަށް ސަމާލުކަން ނުދިން މައްސަލައިގައި ގިނަ ބަޔަކު ދަނީ ފާޑުވެސް ކިޔަމުންނެވެ.
ޝެއިހް އާދަމް ނިޝާން އަދި ޝެއިހް ފަޟުލޫން ހައްޔަރު ކުރުމާ ގުޅިގެން ލ.މާމެނދޫ ކައުންސިލުން ނެރޭ ނޫސް ބަޔާން.
Jazzakahallah Khair pic.twitter.com/CgzSd6NUR8— Abdul Raziq Ali (@abdulraziqalii) June 23, 2022
މިކަމާ ގުޅިގެން އެރަށު ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ނިޝަނަކީ އެރަށަށް ނިސްބަތްވާ ބޭފުޅެއްކަމަށާއި އޭނާ އަކީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ލިބިގެންވާ ބޭފުޅެއްކަމަށެވެ.
ޝެއިޚް ނިޝާނަކީ އެ ރަށުގެ ރައްޔިތުންނަށް ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުންވެސް ލަފާ އެރުވުމުގައި ދެމި ހުންނަވާ އިލްމުވެރިއެއްކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އޭނާ އަކީ ރަށާއި އިސްލާމް ދީނަށްޓަކައި ނުހަނު ސާބިތުކަމާއެކު ކުރިއަށް ވަޑައިގަންނަވާ ލަފާދާރެއްވެސް ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން ޝެއިޚް ނިޝާން އެރަށުގައި ހަރުކަށި ފިކުރު ހިންގުމުގައި އެއްވެސް އިރެއްގައި މަސައްކަތް ކުރައްވާފައި ނުވާކަމަށްވެސް މާމެންދޫ ކައުންސިލުން ބުނެފައިވެއެވެ.