ރަައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން، މާތް ނަބިއްޔާ މުޙައްމަދު (ސ.އ.ވ)އަށްވެސް ފުރައްސާރަ ކޮށްފައިކަން ހާމަވެއްޖެއެވެ.

Ads by Asuru

ފުލުހުން އަންނަނީ ނާޒިމް އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން ނަބިއްޔާއަށް ހަޖޫ ޖެހި މައްސަލަވެސް ބަލަމުން ކަމަށް ވަނީ ބުނެފައެވެ.

ނާޒިމްގެ މައްސަލައިގައި ފިޔަވަޅު ނާޅާނެ ކަމަށް ބެލެވިގެން، ރައްޔިތުން ކުރި ޕްރެޝަރަށް ފަހުގައި މިހާރު ވަނީ އޭނާގެ ޕާސްޕޯޓްވެސް ހިފަހައްޓައިފައެވެ.

ނާޒިމް ނަބިއްޔާއަށް ފުރައްސާރަކޮށްފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ އިއްތިހާދުންނެވެ.

އެ އިއްތިހާދުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރަސޫލާ(ސ.ވ) އަށް މަލާމާތާއި ފުރައްސާރަކޮށް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ގަޑިން 10:59ގައި ނާޒިމްގެ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއް އެ އިއްތިހާދުގެ ސަމާލުކަމަށް އައި ކަމަށެވެ.

https://twitter.com/MvNoosOnline/status/1540545749121114112

ނާޒިމްގެ މިފަދަ މައްސަލަތަކެއް ފެންމަތިވީއިރު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް(އަނދުން ހުސެއިން) ގްރޫޕް ހަދައިގެން ޖިންސީ އަމަލު ހިންގިކަން ހާމަވާ ފޮޓޯއެއް ރޭ ވަނީ ލީކުވެފައެވެ.

މިއީ އެމްޑީޕީގެ މެމްބަރުން ކަަމަށްވާއިރު، މި ލީކުތަކުގެ ސަބަބުން އެޕާޓީއަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.