އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި، ދިފާޢީ ވަޒީރު ނުވަތަ ޑިފެންސް މިނިސްޓަރަކަށް މުޙައްމަދު ޣައްސާން މައުމޫން އައްޔަނު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު، ޣައްސާން މައުމޫން އަކީ، އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް ޔާމީނާ ދެމެދު ގުޅުން ކެނޑުމުން ވެސް، ޕީޕީއެމްގައި ހުންނަވައި، ވެރިކަން ބަދަލުވުމުން ވެސް ދެގޮތެއް ނުވެ، އެ ޕާޓީގައި ހުންނެވި ބޭފުޅެކެވެ.

ޕީޕީއެމްގެ ނައިބު ރައީީސްގެ މަޤާމުގައި ހުންނެވި ޣައްސާން ވަނީ ރައީީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

ރައީސް މުޢިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅުންގެ ނަންތައް މީޑިއާއަށް ހާމަވަމުން އަންނައިރު، މިއީ އެންމެ ޤާބިލު، އަދި ތަޢުލީމީ ކެބިނެޓަށް ވެގެންދާނެއެވެ.