އޭނާ އަކީ ސަރުކާރު ދެމިއޮތުމަށް ވަރަށް އެދި އެދި ހުރި މީހެއް ކަމަށާއި، އެހެންނަމަވެސް މިހާރު ދެވަނަ ވިސްނުމަކަށް ދާން ޖެހިފައިވާ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އިޔާޒު މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ މިހެން ވިދާޅުވީ، ޔޯގާގެ މައްސަލައިގައި ހިނގާދިޔަ ކަންކަމަކީ ބަޔަކު ރާވައިގެން ވެރިކަމަށް އައުމުގެ ބޭނުމުގައި ހިންގާފައިވާ ކަމެއްކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވުމާ ގުޅިގެން މަހުލޫފަށް ރައްދު ދެއްވައެވެ.
އިޔާޒު ވިދާޅުވި ގޮތުގައި، މަހުލޫފު ވިދާޅުވެފައިވަނީ މުޅިން ދޮގު ވާހަކައެކެވެ. އޭނާ ވިދާޅުވީ މި ސަރުކާރު ދެމިއޮތުމަށް ވަަރަށް ބޮޑު އެދެމުން އައި ނަމަވެސް، ޔޯގާގެ މައްސަލައިގައި އަމަލު ކުރި ގޮތުން، ދެވަނަ ވިސްނުމަކަށް ދާން ޖެހިފައިވާ ކަމަށެވެ.
މުޅިން ދޮގު ވާހަކައެއް @AhmedMahloof. އަޅުގަޑަކީ މިހާރުގެ ސަރުކާރު ދެމިއޮތުމަށް ވަރަށް އެދިއެދި ހުރި މީހެއް. ނަމަވެސް ޔޯގާގެ ކަންތަކުގައި ގެންގުޅުއްވި ބޯހަރު ލާއިންސާނީ ސިޔާސަތުގެ ސަބަބުން ދެވަނަ ވިސްނުމަކަށްދާން މަޖްބޫރު ވެއްޖެ. https://t.co/pa29eh3jeN
— Dr.Mohamed Iyaz (@dr_iyaz) June 28, 2022
މިމަހުގެ 21 ވަނަ ދުވަހު، އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވާފައިވާއިރު، އެ ހަރަކާތް ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން އެދުނެވެ. ނަމަވެސް ފަހުން އެ މިނިސްޓްރީން ވަނީ އެވާހަކަ ދޮގު ކޮށްފައެވެ.

ތިޔަވިދާޅުވާ ތާޢީދެއް ގެންދެވުމާ ނުގެންދެވުމަކީ އިޔާޒުއަށް ލިބިލައްވާފައިވާ ޙައްޤެއް. ތިޔަކަމުން ދިވެހިރާއްޖެއަށާއި ރައްޔިތުންނަށް ވާނެ ފައިދާއެއް އަދި ގެއްލުމެއްވެސް އޮތްކަމަކަށް ނުދެކެމެވެ. މިވީހާތަނަށް ލިބިފައިވާ ގެއްލުންތަކުގެ މިންވަރެއް އިޔާޒުއަށް އުފުއްލަވަން ޖެހިލައްވާނެކަމަށް ދެކެމެވެ.
ނުކެރޭނެ. ތިޔައީ މުސްތަހީލުކަމެއް. މުނާފިގުންނާ ވާނީ މުނާފިގުންނާ
ކޮންތާކު ނުދާނެ، ދަތްއަޅަންކެރޭ ކުއްތާ ވައްވަކެއް ނުޖަހާނެ، ފެންނާނީ ދަތްއަޅާފަ އޮއްވާ.