ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީއަށާއި ދިވެހި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ”އާސްކް ސްޕީކަރ“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ މިވާހަކަފުޅާ ގުޅިގެން ރޮޒައިނާ ވިދާޅުވީ ރަނގަޅު ހެޔޮލަފާ ވެރިއަކު ލިބުމުން އެމީހަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

”ފެހި ގާނޫނު އަސާސީއާއެކު، އެންމެ އަމާން ވެރިކަމެއް ކޮށްދެއްވީ ރައީސް ސޯލިހު. ހަމަޖެހުމަށް ލޯބި ކުރާ ވެރިއެއް ބޭނުމީ.“

”އާސްކް ސްޕީކަރ“ ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމަށް ރުކުން ހަމަވާ ބޭފުޅަކީ ފޮރިން މިނިސްޓަރު ޝާހިދު ކަމަށެވެ.