ކެއްކުމުގައި ދިވެހީން އާއްމުކޮށް ބޭނުން ކުރަމުން އަންނަ ރާނބާ ފަތަކީ އޭގައި ސިއްހީގޮތުން ގިނަ ފައިދާތަކެއް އެކުލެވިގެންވާ ފަތެކެވެ.

Ads by Asuru

ސިއްހީ ބައެއް ލިޔުންތަކުގައިވާ ގޮތުން ރާނބާ ފަތަކީ ގަދަ ހުމެއް ޖެހި، ހަށިގަނޑުގެ ހޫނުމިން މަތި ވުމުން ބޭނުން ކުރެވިދާނެ އެއްޗެކެވެ. މިކަމަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރަނީ ރާނބާ ފަތުން ތައްޔާރުކޮށްފައިވާ ޖޫހެވެ.

ރާނބާ ޖޫސް ބުއިމުން ހަށިގަނޑުގެ ޓެމްޕަރޭޗާ ދަށް ކޮށްދޭނެއެވެ. ހަމައެހެންވެ މޭގައި ރިއްސުމާއި ކެއްސުމަށްވެސް ލުއި ކަމެއް ލިބޭނެއެވެ.

ބޮލުން ހަންފޮޅުމަކީވެސް ގިނަ މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ. މި މައްސަލަ ދިމާވާ ފަރާތްތަކަށް ވެސް ރާނބާ ޖޫސް ބޭނުން ކުރެވިދާނެއެވެ. އެގޮތުން ރާނބާ ޖޫސް ބޭނުންކޮށްގެން އިސްތަށިގަނޑު ދޮންނާށެވެ. ހޮންފޮޅުމާއެކު އިސްތަށި ފޭބުމަށްވެސް ހައްލު ލިބޭނެއެވެ.

އަނގައިން ނުބައި ވަސް ދުވާ މައްސަލައަށް ވެސް ރާނބާ ފަތް ހައްލު ހޯދައިދެއެވެ. އެގޮތުން ރާނބާފަތް ކެއުމުން އަނގައިން ދުވާ ނުބައި ވަސް ކަނޑުވާލަދީ ހިރުގަނޑު ދުޅަވެ ލޭ އައުމަށް ވެސް ހައްލު ލިބޭނެއެވެ.