ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ދިވެހި ގައުމު ލާދީނިއްޔަތަށް ޣަރަގު ކޮށްލާފައިވާ ކަމަށް ޕީއެންސީގެ ކައުންސިލް މެމްބަރު، އަދި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝިފާގު މިހެން ވިދާޅުވެފައިވަނީ މިއަހަރުގެ ހައްޖުގެ އަޅުކަަމަށް، ރައީސް ސޯލިހުގެ ދެކަނބަލުން ފުރާވަޑައިގެންނެވި ޚަބަރު ޓްވިޓަރގައި ހިއްސާ ކުރައްވައި، ކުރެއްވި ޓްވީޓެއްގައެެވެ.

ސިޔާސީ ބައެއް ފަރާތްތައް އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ ފޮޓޯ އާއި ވީޑިއޯތައް ލީކުވަމުން އަންނައިރު، މިއިން އެއްވެސް މައްސަލައަކާ ގުޅިގެން ދިވެހި ފުލުހުންނަށް އެއްވެސް ފިޔަަވަޅެއް އެޅިފައެއް ނެތެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ދިވެހި ރައްޔިތުން ދަނީ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.

ހިސްޓޯ ކުރެއްވި ޓްވީޓުގައި ވަނީ ރައީސް ހައްޖަށް ފުރާވަޑައިގެންނެވީ ލާދީނިއްޔަތަށް ޤައުމު ޣަރަގު ކޮށްލައި، އެކަން ތަންފީޒު ކުރަން އެމްބަސީ ފުލުހުންނާ ޙަވާލުކޮށްފައިތޯ ސުވާލު ކުރައްވައިފައެވެ.

ބެލެވޭ ގޮތުގައި އޭނާ އެ އިޝާރާތް ކުރެއްވީ އިންޑިއާ އެމްބަސީ އަށެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ނާޒިމް ސައްތާރު، ބަންގްލަދޭޝްގެ ރައްޔިތަކާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުވެފައިވާއިރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް(އަނދުން ހުސެއިން) އަދި ޑީއާރްޕީގެ ކުރީގެ ލީޑަރު، ކާނަލް މުހައްމަދު ނަޝީދު ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯވެސް ވަނީ އާންމުވެފައެވެ. މި ވީޑިއޯތައް އާންމު ވުމުގެ ދުވަސްތަކެއް ކުރީން، ޓިކްޓޮކް ތަރި މަރިޔަމް ޝިފާވެސް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވިއެވެ.