މިއަދު މެންދުރުގެ ވަގުތުތަކެއްގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

Ads by Asuru

އެކުންފުނިން އެކްސްގައި ބުނީ، ކަރަންޓުގެ ޚިދުމަތް މެދުކަނޑައިލަނީ، ކަރަންޓު ވިޔުގައިގެ މަސައްކަތްތަކެއް ކުރާތީ ކަމަށެވެ.

ކަރަންޓު ކެނޑޭނެ ކަމަށް ބެލެވެނީ، ކޮން ސަރަހައްދުތަކަކުން؟

ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނީ މާފަންނުގެ ކޯރުކެނޑި މަގާއި، ސައިމާ ގޯޅި ހިމެނޭ ސަރަހައްދުންނެވެ. އެއީ މިއަދު މެންދުރު 14:00 އިން 16:00 އަށެވެ.

ސްޓެލްކޯ އިން ވަނީ، ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކާ އެ ކުންފުނިން ވަނީ މައްޗަށްވެސް އެދިފައެވެ.