ރާއްޖޭގެ ސިޔާސީ ޙަޔާތުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑަށް ފުޅާ ކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މައުމޫން މިހެން ވިދާޅުވެފައި ވަނީ، މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާ ކުރުމުގެ މުހިންމުކަން ރައީީސް މައުމޫން ފާހަގަކުރެއްވިއިރު، އެމަނިކުފާނުގެ ދަރިކަނބަލުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފައެވެ.

ރައީސް މައުމޫން ވަނީ ސިޔާސީ މައިދާނުގައި ދުންޔާގެ ޤާބިލުކަމަށް ތަޢުރީފު ކުރައްވައި، އެކަމަނާއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވައިފައެވެ. ފޮރިން މިނިސްޓަރުކަމުގައި ހުންނަވައި، ދުންޔާ ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރެއްވުމަށް މުޅި ދުނިޔެއާއި ކުރިމަތިލެއްވި ކަމަށް ވެސް ރައީީސް މައުމޫން ވިދާޅުވިއެވެ.