އަމީރުލް ހައްޖު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވާ ޙާލު ބައްލަވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަންއިން މަޢުލޫމާތު ދެއްވައެވެ. މި އަހަރުގެ ޙައްޖު ދުވަހަކީ މި އަންނަ ހުކުރު ދުވަހެވެ. ޙައްޖުވެރިން މިނާއަށް ދިއުމަށްޓަކައި ބުރާސްފަތި ދުވަހު ދަތުރު ފަށާނެއެވެ.
ރާއްޖެއިން މި އަހަރު ޙައްޖަށް ގޮސްފައިވަނީ 453 ޙައްޖުވެރިންނެވެ. ރާއްޖޭގެ އަމީރުލް ޙައްޖުގެ ގޮތުގައި މިއަހަރު ސަރުކާރުން ހަމަޖައްސާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަަލީއެވެ.
