ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެމްޑީ އަލްމްގިރީގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަލަމްގިރީގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ މުއްދަތު ޖެހީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ފުންނާބު އުސް ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފައެވެ.
އޭނާ ކުރާ ކަމަކީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ވީޑިއޯ ކުރުމަށްފަހުގައި، އޭނާއާއެކު އެ އަމަލު ހިންގި މީހުން ބްލެކްމެއިލް ކުރުމެވެ.
އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި، ޑީ.އާރް.ޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދުގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ. ނަަމަވެސް އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ މައްސަލައިގައި ހިމެނޭ ބިދޭސީ މީހާ އެކަނިކަން ފާހަގަކޮށްލެވެއެވެ.
