މާލޭ ސަރަޙައްދުގައި އުޅޭ މީހުން ދަތުރުދާން ހާއްސަކޮށްގެން ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މި މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ކުޑަގިރި ޕިކްނިކް އައިލޭންޑްގެ މަސައްކަތް ރެޔާއި ދުވާލު ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށާއި އެގޮތުން ޖެޓީގެ މަސައްކަތުގެ 80 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
#TeamMTCC is working day and night to complete the development of K.kudagiri picnic island.
Arrival Jetty works are ongoing with 80% completion. Roofing works of the jetty and the resting area are being carried out at the project site.#kudagiriPicnicIsland#MtccCSRInitiative pic.twitter.com/we2oun7jTy— MTCC Plc (@MTCCPlc) July 13, 2022
މި މަޝްރޫއުގެ ދަށުން އެ ރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފަ އެވެ. އަދި 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެއެވެ. ބިން ހިއްކުމުގެ ކުރިން އެކަމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާފައިވެއެވެ.
