އަދާލަތު ޕާޓީ އަކީ ދެތިން މީހެއްގެ މަންފާއަށް ގެންގުޅޭ ނަމެއްކަން އެންމެނަށް އެނގޭ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ads by Asuru

ޝިޔާމް އިމްރާނަށް ރައްދު ދެއްވީ އިމްރާން ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓުގައި އިމްރާން ވިދާޅުވެފައިވަނީ ބަޔަކު ކިތަންމެ ނުރުހުނަސް، އަދާލަތު ޕާޓީ އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަަމަށެވެ. އަދި އިސްލާމްދީނުގެ ފުރިހަމަ މަހްފޫމްގައި ސިޔާސީ މަސައްކަތުގައި އެޕާޓީ ދާނީ ކުރިއަށް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާންގެ މިވާހަކައަށް ރައްދު ދެއްވައި ޝިޔާމް ވަނީ އަދާލަތު ޕާޓީ ސަރުކާރުގައި އެލިގަނެގެން އޮންނަތާ ހަތަރު އަހަރު ވެފައިވާ ކަަމަށް ވިދާޅުވެފައެވެ.

”މާތް ރަސޫލާއާއި ދީނަށް ހަޖޫ ޖެހިއިރު އަދާލަތު ހިމޭނުން. ތީ ދެތިން މީހެއްގެ މަންފާއަށް ގެންގުޅޭ ނަމެއްކަން އެންމެން ދަނޭ.“

ޝިޔާމް އިތުރަށް ވިދާޅުވީ 2023 ކައިރިވަމުން އަންނައިރު، އަދާލަތު ޕާޓީ ހުރިކަން އެންގެވުމަށް، އިމްރާން އެ ކުރައްވާ ކަމަކީ ”ކަރު ކެހުން“ ކަމަށެވެ.