ދެ ދީނީ އިލްމުވެރިޔަކާއި ބައެއް ސިޔާސީ ފަރާތައް ޖަލުގައި ތިބިއިރު، ލިވާތު ކުރި މީހުން ތިބީ ކޮންތާކުތޯ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ސުވާލު އުފައްދަަވައިފިއެވެ.

Ads by Asuru

ޖަމީލު މިއަދު ކުރެއްވި ޓްވީޓުތަކެއްގައި ވަނީ މިދިޔަ މަހު ބޭއްވި ޔޯގާ ޑޭގެ ހަރަކާތާ ގުޅިގެން ދީނީ އިލްމުވެރިން ކަމުގައިވާ ޝެއިހު ނިޝާންއާއި ޝޭހް ފަޒްލޫން ހައްޔަރުކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

”ޖަލުގައި ޢިލްމުވެރިންނާ ސިޔާސީ މީހުން ތިބިއިރު ލިވާތުގެ މީހުން ތިބީ ކޮންތާކުތޯ؟ ބިރަކާ ނުލައި މަޖާ ކުރުން ބޮޑުކުށަކަށް ނުވޭ، އެކަމަކު ޢިލްމުވެރިން ހައްގު ބަސް ބުނެގެން ޓެރަރިސްޓުންނަށް. ކޮބައިތޯ އަނިޔާ ނުދެވި؟“

ޖަމީލު އިތުރަށް ވިދާޅުވީ ހިނދުކޮޅަކަށްވެސް މީހެއްގެ މިނިވަންކަން ނަގާލުމަކީ ބަދަލު ނުދެވޭވަރުގެ އަނިޔާއެއް ކަމަށެވެ. އަދި އިލްމުވެރިންނަށް ވަނީ ވަކި ޖަމާއަތަކަށް ނިސްބަތްވުން ކަމަށް ދުށުމަކީ ބޮޑާ ކަމާ ޖަހާލަތުގެ ސިފައެއް ކަމަށްވެސް ވިދާޅުވިއެވެ.