މިއަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި ކަޅު ސަފްހާއެއް ލިޔެވޭނެ ދުވަހެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

އާދަމް ޝަރީފު މިހެން ވިދާޅުވެފައިވަނީ، ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް ހެއްކާބެހޭ ބިލު ރައީސް އިބްރާހީމް މުހަައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ކުރައްވާ އާދަމް ޝަރީފު ވިދާޅުވީ މި ބިލު ތަސްދީގު ކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ 70ގެ އަހަރުތަކަށް ސޮއްސާލުން ކަމަށެވެ.

އަދި މި ބިލުގެ ސަބަބުން އިޔާދަ ނުކުރެވޭނެ ގެއްލުން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ހެއްކާ ބެހޭ ބިލް ތަސްދީގު ކުރެއްވުމާއެކު ހެއްކާ ބެހޭ ގާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

އެ ގާނޫނަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ހަ މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.