މާލެ ސިޓީ ކައުންސިލުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުން މާދަމާ ރޭ އޮންނާނެއެވެ.

Ads by Asuru

މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ ރޭ 8:30ގައި، ލޮނުޒިޔާރާތް ޕާކުގައި އޮންނަ ރަައްޔިތުންގެ ބައްދަލުވުމުގައި މާލެ ސިޓީގެ ރައްޔިތުން ބައިވެރިވުމަށް ހަނދުމަކޮށް އަރުވާ ކަަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބާއްވާ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުން އޮންނާނެއެވެ.

މިފަހަރުގެ ބައްދަލުވުމުގައި ސިޓީ ކައުންސިލުން ފާއިތުވި ހަމަސް ދުވަހު ކުރި މަސައްކަތާއި، ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި، ބަޖެޓު ހުށަހެޅުންވެސް އޮންނާނެއެވެ.

މާލެ ސިޓީ ކައުންސިލަކީ ގިނަ ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާ ކައުންސިލެކެވެ.

އެގޮތުން ރައްޔިތުންނާ ގާތް ގުޅުމެއް ބޭއްވުމަށް މޭޔަރު މުއިއްޒު ގޭގެއަށްވެސް ޒިޔާރަތް ކުރައްވައެވެ.