ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔުއޭއީ)ގެ ރައީސް ޝައިހް ހަލީފާ ބިން ޒަޔިދް އަލް ނަހްޔާން އަވާހަރަވެއްޖެއެެވެ.

Ads by Asuru

ޔޫއޭއީގެ ރައީސް އަވަހާރަވެފައިމިވަނީ ސިއްހީ ހާލުކޮޅު ގޯސްކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އެމަނިކުފާނު އަވާހަރަވީއިރު އުމުރުފުޅަކީ 73 އަހަރެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން އެގައުމުގައި މިއަދުން ފެށިގެން ގައުމީ ހިތާމައިގެ 40 ދުވަސް ފާހަގަކުރަން ވަނީ ނިންމާފަ އެވެ. އަދި ކުރިއަށް އޮތް ތިން ދުވަހަށް މިނިސްޓްރީތަކާއި ޕްރައިވެޓް ސެކްޓާގެ މަސައްކަތްތައް ތިން ދުވަހަށް ވަނީ ސަސްޕެންޑްކޮށްފައެވެ.

ޔޫއޭއީގެ ރައީސްކަމުގެ މަގާމާއި ހަލީފާ ބިން ޒަޔިދް ހަވާލުވެވަޑައިގެންނެވީ 2004 ވަނަ އަހަރުއެވެ.