ޒެވެޒްޑާ ބްރޭންޑަކީ ރާއްޖޭގެ މާރކެޓަށް އަލަށް ތަޢާރަފުވި، ވަރަށް ވެސް ހިތްގައިމު ދިވެހި ބްރޭންޑެކެވެ.

Ads by Asuru

ރާއްޖޭގެ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ވުޖޫދު ކުރި  މި ބްރޭންޑަކީ ހުރިހާ އުމުރު ފުރައެއްގެ ކަނބަލުންނާއިވެސް ގުޅޭގޮތަށް ފަރުމާކުރެވިފައިވާ، ޒީނަތްތެރިކަމަށް ބޭނުންކުރާ އަތުކުރި ގަޑިއާއި ގަހަނާގެ ވައްތަރުތައް ހިމެނޭ ބްރޭންޑެކެވެ.

އަންހެން ބޭފުޅުންނަށް ޚާއްޞަ މި ބްރޭންޑްގެ ބާނީ އަކީ ވެސް ހީވާގި ކަނބަލެކެވެ. ނަން އިހަށް ސިއްރެއްގެ ގޮތުގައި ބާއްވާނަމެވެ

ބްރޭންޑް އުފެދިގެންއައި ގޮތް ”އަސުރަށް“ ކިޔައިދެމުން ޒެވެޒްޑާގެ ބާނީ ބުނީ އަބަދުވެސް އަމިއްލަ ބްރޭންޑެއްގެ ދަށުން އުފެއްދުންތަކެއް ވިއްކުމަކީ ހިތުގައި އޮތް ޢަޒުމެއް ކަމަށެވެ. ނަމަވެސް މި ހުރިހައި ދުވަހު ވެސް އެކަން ކުރާނެ ގޮތެއް ނޭނގުނުއިރު، މާލީ އެހީތެރިކަން ވެސް އޮތީ ނުލިބިއެވެ.

”އެކަމަކު ކުރިން އެކަން ކުރާނެގޮތެއް އަދި ފައިނޭންޝަލް ސަޕޯރޓެއްވެސް ލިބޭގޮތެއް ނުވި. އެހެން ނަމަވެސް އަޒުމެއް އޮތިއްޔާ ކާމިޔާބުވާނޭ ބުނާ އުސޫލުން އަޅުގަނޑުވެސް ބޭނުންވީ ﷲގެ ރަޙުމަތްފުޅާއެކު އަޅުގަނޑަށްވެސް ކުރެވޭނޭއޭ އަދި ނަތީޖާވެސް ނެރެދެވޭނެކަން އަޅުގަނޑުގެ އަމިއްލަ ނަފްސަށް އަންގާލަދޭން.“ ޒެވެޒްޑާ އިން ބުންޏެވެ.

 

ޒެވެޒްޑާ ބްރޭންޑްގެ ގަޑީގެ އިޝްތިހާރެއް

 

އަމިއްލަ ބްރޭންޑު ވުޖޫދު ކުރުމުގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައި ކުރި ދަތުރުގައި، ޒެވެޒްޑާގެ ބާނީ އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ ރަނގަޅު ކޮލޮޓީގެ ގަޑިއާއި ބެހޭ ވަރަށް ގިނަ މަޢުލޫމާތު ހޯދުމެވެ.

ބްރޭންޑެޑް، ހައި ކޮލޮޓީގެ ގަޑިތަކުގެ ސިފަތައް ދެނެގަނެ، މިހާރުގެ މާރކެޓަށް އެންމެ މަޤުބޫލު ޑިޒައިންތަކާއި ގުޅޭ ކުޑަކުޑަ ދިރާސާއެއް ހަދައި، މިކަން ކުރެވޭނެ މަގެއް ހޯދި ކަމަށް ވެސް ބުންޏެވެ.

”ދެން އެއަށްފަހު ބްރޭންޑް ނަން ކިޔަން ގަސްދުކުރީ. އެންމެ ފުރަމަތަ މާރކެޓަށް މި ނެރުނީ ކަނބަލުންގެ އަތުކުރި ގަޑި. އިންޝާﷲ އެއަށްފަހު މަޑުމަޑުން އިތުރު ޕްރޮޑަކްޓްސް ފެނިގެންދާނެ.‏“

ޒެވެޒްޑާގެ ކަސްޓަމަރުންނަށް ދެނީ، އެ ބްރޭންޑްގެ ކޮލޮޓީ ވަރަށް ރަނގަޅު ވާނެކަމުގެ ޔަޤީންކަމެވެ. މިއީ ހަމަ އެއްވަނައިގެ ބްރޭންޑެކެވެ.

ޒެވެޒްޑާ ބްރޭންޑްގެ އުފެއްދުމެއްގެ އެއްވެސް މައްސަލައެއް ޖެހިގެން ނުވަތަ ޑެލިވެރީ ކުރުން ލަސްވެގެން މާޔޫސްވިޔަ ނުދޭނެއެވެ.

އެގޮތުން ޕްރޮޑަކްޓް ގަންނަތާ 24 ގަޑިއިރު ތެރޭގައި ޑެލިވަރީ ލިބޭނެކަމުގެ ޔަޤީންކަން ވެސް ޒެވެޒްޑާއިން ދެއެވެ.

 

ޒެވެޒްޑާ ބްރޭންޑްގެ ގަޑި- ފޮޓޯ/ ޒެވެޒްޑާ

 

ކޮންމެ ވިޔަފާރިވެރިއެއްގެ ވެސް އުއްމީދުތަކާއި، ވާސިލުވާން ބޭނުންވާ އަމާޒެއް އޮންނާނެއެވެ. ޒެވެޒްޑާގެ ބާނީގެ މިސްރާބު ހުރީ ވެސް، ވަރަށް އުހަށެވެ.

”އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ ދިވެހިންގެ މެދުގައި މަޤްބޫލު ބްރޭންޑަކަށް މި ބްރޭންޑް ވެގެން ދިއުން. އަދި މާރކެޓްގެ އޯޑިއެންސްގެ ސަޕޯރޓް ލިބޭ ވަރަކަށް ބްރޭންޑް ފުޅާކުރެވޭނެ ކަމުގެ އުއްމީދުވެސް އެބައޮތް.  ފިރިހެންނުންނަށް އަމާޒުކޮށްގެންވެސް ބްރޭންޑް އިން އިތުރު ޕްރޮޑަކްޓްތަށް ނެރުމަށް ގަސްދުކުރާކަން ފާހަގަކުރަން.“ އޭނާ ބުންޏެވެ.

ޒެވެޒްޑާ ބްރޭންޑްގެ ގަޑިއެއް

ޒެވެޒްޑާގެ އުފެއްދުންތައް ބަލައިލުމަށް، އެތަނުގެ ފޭސްބުކް އަދި އިންސްޓެގްރާމް ޕޭޖު ވެސް ބަލައިލުން މުހިންމެވެ.

މިއީ ހަމަ ހަޤީޤަތުގައި ވެސް ދިވެހީންނާއި ގުޅޭ، ޗާލު، ގަޑިތަކެއްކަން، ޕޭޖުތަކުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެނެއެވެ. 24 ގަޑިއިރުގެ ތެރޭގައި މިއިން ގަޑިއެއް ހޯދައިލުމަށް ޒެވެޒްޑާގެ މި ޕޭޖުތަކަށް މެސެޖު ކޮށްލާށެވެ.