ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯ ހުރި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވީ ބުހުތާނު ދޮގެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by Asuru

ނަޝީދު މި ތުހުމަތު ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް މިއަދު ފޮނުއްވި މެސެޖުތަކެއްގައެވެ.

ރައީސް ސޯލިހުގެ އެންމެ އަރިސް އެއް ބޭފުޅާގެ ގޮތުގައި ފާހަގަކުރެވުނު ނަޝީދު ވަނީ ރައީސް ސޯލިހް ބަދު އަހްލާގީ އަމަލު ހިންގާ ހަތަރު ފޮޓޯ ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި އެ ފޮޓޯތައް ފުލުހުންނަށް ފޮނުއްވަންވީ ވީތޯ ސުވާލު ކުރައްވާފައެވެ. އެގޮތުން އެ ފޮޓޯތަކުން ފެންނަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ކަަމަށްވެސް ވިދާޅުވިއެވެ.

އެ ތުހުމަތުތަކާ ގުޅިގެން މަބްރޫކް ރޭ ވިދާޅުވީ ނަޝީދުގެ އެ ތުހުމަތުތައް ރައީސް ދޮގުކުރައްވާ ކަމަށެވެ. އަދި ނަޝީދު ދެއްކެވި ވާހަކަތަކަކީ ބުހުތާނު ދޮގެއް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.