އުރީދޫން ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ ”އަލް ރިހްލާ“ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

Ads by Asuru

އެ ކުންފުނީގެ ފަރާތުން، މި ބޯޅަ ރައީސްއަށް ހަދިޔާ ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް-ހަމާދީއެވެ.

މި ބައްދަލުވުމުގައި ހާލިދު އަދި ރައީސް ވަނީ ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމަށް ސަރުކާރާއި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ އޮފިޝަލް ބޯޅަ ”އަލް ރިހްލާ“ ރަސްމީކޮށް ތައާރަފްކުރި އިރު އެޑިޑާސްއިން ވަނީ މި ބޯޅައަކީ ވޯލްޑް ކަޕުގެ ތާރީހުގައި ވެސް އެންމެ ދުވެލި ބާރު ބޯޅަ ކަމުގައި ބުނެފައެވެ. އަލް ރިހްލާ ބޯޅަ އުރީދޫން ރައީސަށް އަރުވައިފައި ވަނީ ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގައި ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުންނެވެ.

އުރީދޫން ވަނީ މި ފޯރީގައި ބައިވެރިވެވަޑައިގެން ގަތަރުގައި މެޗެއް ބަލާއިލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުވަތު އަރުވާފަ އެވެ.