ރާއްޖޭގެ މޫސުން ކުރިއަށް އޮތް ތިން ދުވަހުވެސް ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު، އެކަމަށް ސަމާލުވާން، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން އިލްތިމާސްކޮށްފިއެވެ.

Ads by Asuru

މިކަމާ ގުޅިގެން އެންޑީއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ވަނީ ބޯކޮށްވާރޭވެހި ފެންބޮޑުވުމާއި އުދައެރުމުން އަދި ގަދަވައިގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލާއި އިމާރާތްތަކަށް ލިބިދޭނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ، ބޯކޮށް ވާރޭ ވެހުމުމުގެ ސަބަބުންނާއި އުދަ އެރުމުގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމަށް އެދޭ ކަމަށެވެ. އަދި ގޭގެއަށް ފެން ނުވަންވާނެހެން ވެލިބަސްތާފަދަ ތަކެތި ޖެހުމަށްވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.