ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ނެރުނު ވައިޓް އެލަރޓްގެ ވަގުތު އިތުރުކޮށްފިއެވެ.

Ads by Asuru

މެޓް އޮފީހުން ވަނީ މިއަދު 11:30އިން ފެށިގެން  ހަވީރު 17:30އަށް މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފައެވެ.

އެ އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ.

އަދި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް ބުނެއެވެ.

މި ވިއްސާރައާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ، ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.