އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ހަލުވިކަމާއެކު ފެތުރޭކަން ފާހަގަކުރެވިފައިވާ މަކުނުވިދުރި ނުވަތަ މަންކީޕޮކްސްއަށް ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓް ކިޓް ދުނިޔޭގެ ސިއްްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

Ads by Asuru

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ވަނީ މަންކީޕޮކްސްއަށް ޓެސްޓް ކުރާ 250 ކިޓް ހަދިޔާކޮށްފައެވެ.

މަންކީޕޮކްސް އަކީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ.

ޑަބްލިއުއެޗްއޯ އިން މިގޮތަށް ކަނޑައެޅީ މަންކީޕޮކްސްގެ ގިނަ އަދަދެއްގެ ކޭސްތަކެއް ފެންނަމުންދާތީ އެ ޖަމިއްޔާގެ އެމަޖެންސީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައެވެ.