އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް ނިކަމެތި ރައްޔިތުންގެ ލޯބި ހޯއްދެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު(ސެމްބެ) ވިދާޅުވެއްޖެއެވެ.
ސެމްބެ މިހެން ވިދާޅުވެފައިވަނީ އެމްއެންޕީގެ ރައީސް، އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޓެގް ކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ. ކާނަލް ނާޒިމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ވަތަނީ ލީޑަރަކީ ތިމަން މަނިކުފާނު ކަމަށް ރައީސް ޔާމިން ވިދާޅުވާއިރު، ވަތަނީ ލީޑަރަށް ވެރިކަން ދިނުމުން، ރައްޔިތުންނާއި ސިޔާސީ ލީޑަރުން ޖަލަށްލާ، ގައުމުގެ ފައިސާ ގެއްލުވާލާ، މުޅި ދުނިޔެއާއި ޖެހިގަތީ ކަމަށް ނާޒިމް ވިދާޅުވިއެވެ.
“ ވަތަނީ ލީޑަރެއް ރާއްޖެއަށް ބޭނުމެއް ނޫން. ގައުމަށް ބޭނުންވަނީ ތާހިރު އުޅުން ހުރި ވަތަނީ ލީޑަރެއް.“ ނާޒިމް ވިދާޅުވިއެވެ.
ނާޒިމަށް ރައްދު ދެއްވައި ސެމްބެ ވިދާޅުވީ ރައީސް ޔާމީން ނިކަމެތި ރައްޔިތުންގެ ލޯބި ހޯއްދެވި ކަމަށާއި، މިއަދު އެކަމަށް ދިވެހި ބިމާއި، ޖައްވާއި، ފަޒާވެސް ހެކިވާނެ ކަމަށެވެ.
RY hoadhevee Nikamethi Rayyithun ge loabi. Miadhu e rayyithun ahtakaa dhivehi bimaa javvaa fazaa ves heki dhey ekamah. Dhivehin miadhu edhi egovanee emanikufaanuge Za’amathah. Sababuthah 2023 ge inthaabun insha allah fennaane. @nazim7878
— Hussain Mohamed Latheef (@HucenSembe) July 31, 2022
އަދި ދިވެހީން މިއަދު އެދި ގޮވަނީ ރައީސް ޔާމީންގެ ޒައާމަތަކަށް ކަމަށާއި، އެ ސަބަބުތައް 2023 ވަނަ އަހަރު އެނގިގެންދާނެ ކަމަށްވެސް ސެމްބެ ވިދާޅުވިއެވެ.
