ދިވެހި ގައުމަށް ބޭނުންވަނީ، ތާހިރު އުޅުން ހުރި ވަތަނީ ލީޑަރެއް ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް(ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ވަރަށް ފާޑުވިދާޅުވެ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވީ ވަތަނީ ލީޑަރަކީ އެމަނިކުފާނު ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، ވަތަނީ ލީޑަރަށް ވެރިކަން ދިނީމާ ރައްޔިތުންނާއި ސިޔާސީ ލީޑަރުން ޖަލަށްލާ، ގައުމުގެ ފައިސާ ގެއްލުވާލައި، މުޅި ދުނިޔެއާއި ޖެހިގަންނަ ވަތަނީ ލީޑަރެއް ރާއްޖެއަށް ބޭނުމެއް ނޫން ކަމަށެވެ.
”ގައުމަށް ބޭނުންވަނީ ތާހިރު އުޅުން ހުރި ވަތަނީ ލީޑަރެއް.“ އޭނާ ވިދާޅުވިއެވެ.
ވަތަނީ ލީޑަރަކީ ތިމަންނާއޭ ރައީސް ޔާމިން ވިދާޅުވާއިރު، ވަތަނީ ލީޑަރަށް ވެރިކަން ދިނީމާ ރައްޔިތުންނާއި ސިޔާސީ ލީޑަރުން ޖަލަށްލާ، ގައުމުގެ ފައިސާ ގެއްލުވާލާ، މުޅި ދުނިޔެއާއި ޖެހިގަންނަ ވަތަނީ ލީޑަރެއް ރާއްޖެއަށް ބޭނުމެއް ނޫން. ގައުމަށް ބޭނުންވަނީ ތާހިރު އުޅުން ހުރި ވަތަނީ ލީޑަރެއް.
— Mohamed Nazim (@nazim7878) July 31, 2022
ނާޒިމް އިދިިކޮޅު ލީޑަރަށް ފާޑުވިދާޅުވެފައި މިވަނީ، މިއަދު ރައީސް ޔާމީން ކުރެއްވި ޓްވީޓެއްގައި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި ނާޒިމަކީ ޣައްދާރުން ކަމަށް އެމަނިކުފާނު ވިދާޅުވުމުންނެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީން ވިދާޅުވީ ނާޒިމް އާއި ޤާސިމް ދިވެހި ޤައުމު ވައްޓާލާފައިވާ ހާލަތުން ދުރަށްޖެހި އެ ދެބޭފުޅުންނާއި ނުބެހޭ ކަމެއްގެ ގޮތުގައި މަސައްކަތް ކުރަން އުޅުނަސް އެ ދެބޭފުޅުން ސަލާމަތް ނުވާނެ ކަމަށެވެ.
އަދި އެ ދެބޭފުޅުންނަކީވެސް މަރު ދުވަހާއި ޖެހެންދެންވެސް ޣައްދާރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޤައުމަށް ޤައްދާރުވެ ބޭރުމީހުންނާ އަޑިއަޑިން ޑީލްހެދީމަ ނާޒިމުވާނެތޯ ވަތަނީ ލީޑަރަކަށް ؟
އެވެރިޔަކީ ތީކަމަންތަ ތިބުނަނީ