އައިނު އަޅަން ޖެހުމަކީ ލޮލުގެ މައްސަލަތައް ދިމާވުމުން، ބައެއް މީހުންނަށް ކުރުން މަޖުބޫރު ކަމަކަށް ވެއެވެ.

Ads by Asuru

މި ހާލަތު ދިމާވުމުން، ތިމާ އާއި ގުޅޭ ރީތި އައިނެއް އަޅަން ކޮންމެ މީހަކު ވެސް އެދޭނެއެވެ. އައިނު ހެއްދުމުގެ ހިދުމަތް ދޭ ތަންތަން ގިނަ ކަމުގައި ވިޔަސް، މުޅިން ތަފާތު، ރީތި ޑިޒައިންތަކުގެ ފްރޭމްތަކާއިއެކު އައިނު ވިއްކާ ތަންތަން މަދޭ ދެންނެވިދާނެއެވެ.

އެމީހަކާ ގުޅޭ، ސްޓައިލިޝް އައިނެއް ހެޔޮ އަގުގައި، އަލަށް ހައްދަން ނުވަތަ އާ ކޮށްލަން ބޭނުންވާނަމަ، މާ ގިނަ ތަންތަން ބެލުމުގެ ބަދަލުގައި ”ސްޓައިލިން އައިވެއާ“އަށް ޒިޔާރަތް ކޮށްލާށެވެ. ނޫންނަމަ، އެ ތަނުގެ ފޭސްބުކް، އިންސްޓެގްރާާމް ޕޭޖު ބަލާލާށެވެ.

ސްޓައިލިން އައިވެއާގެ ފިހާރަ

ސްޓައިލިން އައިވެއާ ވުޖޫދަށް އައީ ކިހިނެއް؟

ސްޓައިލިން އައިވެއާ އަކީ ދިވެއްސެއްގެ ހިޔާލަކުން އުފަން ކުރި ވިޔަފާރިއެކެވެ. މި ވިޔަފާރީގެ ބާނީ، އަދި ކްރިއޭޓިވް ޑައިރެކްޓަރަކީ، މަރިޔަމް މާންޝާ ޝަރީފް(މާންޝީ)އެވެ.

މާންޝީ އަކީ އަބަދުވެސް ވިޔަފާރިއަށް ޝައުގުވެރިކަން ހުންނަ ފަރާތެކެވެ. ދޮޅު އަހަރެއްވަރު ކުރިން އައިނުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ކުރިން އޭނާ މޭކަޕް ކޮށްދިނުމުގެ ހިދުމަތް ވެސް ދިނެވެ.

 

ސްޓައިލިން އައިވެއާ ތަފާތުވަނީ ކިހިނެއް؟

ސްޓައިލިން އައިވެއާ އިން ވިއްކާ އުފެއްދުންތައް ”ރެއާ އެންޑް އެކްސްކްލޫސިވް“ ނުވަތަ، މަދުވެފައި، ހާއްސަ ވާނެ ކަމުގެ ޔަގީންކަން އެތަނުން ދެއެވެ. އައިނު ދުނިތައް ކޮލިޓީ ވެފައި، އަގު ވެސް ހެޔޮ ވާނެ ކަމަށް ވެސް އެ ތަނުން ބުނެއެވެ.

ސްޓައިލިން އައިވެއާގެ ރީތި އައިނު ދުނި ކަލެކްޝަންތަކަށް ނަންތައް ވެސް ދީފައިވެއެވެ. ގްރޭ ޑްރޮޕާއި، ބްރައުން ޑްރޮޕާއި، ޗޮކޯ ޑްރޮޕާއި، މޮއްކާ ސްޕްލެޝް އަށް ވެސް އާއްމުންގެ ތަރުހީބު ބޮޑެވެ.

ސްޓައިލިން އައިވެއާގެ އައިނެއް

ސްޓައިލިން އައިވެއާގެ ކަލެކްޝަންތައް ކަސްޓަމަރުންނަށް ވެސް ވަރަށް ކަމުދެއެވެ. މިކަން އެނގެނީ، އެ ތަނުގެ ޕޭޖުގައި ހިއްސާ ކުރަމުންދާ ރިވިޔުތަކުންނެވެ.

”ވަރަށް ކަމުދޭ، ފުރަތަމަ ނަޒަރުން ވެސް، ސްޓައިލިންގެ އައި ފްރޭމްތައް ދެކެ ލޯބިވެވިއްޖެ.“ ކަސްޓަމަރަކު ބުންޏެވެ.

ސްޓައިލިން އައިވެއާގެ އައިނެއް

އިތުރު ކަސްޓަމަރަކު ވަނީ އައިނުގެ ރީތިކަމަށް ތައުރީފުކޮށް، ސްޓައިލިންގެ ހިދުމަތުގެ ފެންވަރާއި، ކަސްޓަމަރުންނާއިމެދު އޯގާތެރިކަމާއިއެކު މުއާމަލާތް ކުރާކަން ވެސް ފާހަގަކޮށްފައެވެ.

ސްޓައިލިން އައިވެއާއަށް ކަސްޓަމަރެއްގެ ފީޑްބެކް

ސްޓައިލިން އައިވެއާއިން ކޮންމެ ފްރޭމަކަށް ވެސް، ޕޮލަރައިޒްޑް ސަންގްލާސް ކަސްޓަމައިޒް ކޮށްދެއެވެ. ފުރަތަމަ އޮންލައިންކޮށް 08 ‏މަސް ދުވަހު ހިދުމަތް ދިން ސްޓައިލިން އައިވެއާގެ އައުޓްލެޓް ހުންނަނީ ކާމިނީ މަގުގެ، މއ.ސިލްވަރބީމްގައެވެ. ސްޓައިލިން އައިވެއާގެ ހިދުމަތް ހޯދަން 7613156އަށް ގުޅާލައިގެން ވެސް ހިދުމަތް ހޯދޭނެއެވެ.