މި އަހަރުގެ ރޯދަމަހުގެ ރޭގަނޑުގެ ވަގުތުތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ކަނޑައަޅައިފިއެވެ.

Ads by Asuru

މިކަން އަންގައި، އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވާގޮތުން ރަމަޟާންމަހުގެ އިތުރުން ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ޖިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެެއްޓޭނީ އެ ދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުގައެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން އިއުލާނުގައި އަންގާފައިވާގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.