ވެރިރަށް މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވާތީ، އެކަމަށް ސަމާލުވާާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

Ads by Asuru

އެ އެޖެންސީން ބުނީ މި ދުވަސްވަރު މާލޭގައި ބޭރަށްހިންގުމާއި ހޮޑުލުން އިތުރުވަމުން އަންނަކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ދުވަސްވަރަކީ ގިނަ ފަރާތްތައް އެއްވެ ކާބޯތަކެތި ތައްޔާރުކޮށް އެއްކޮށް ކައި ހަދާ ދުވަސްވަރެއްކަމުން ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭރަށް ހިންގުމުގެ އަލާމާތްތަކުގެ ތެރޭގައި ގިނަގިނައިން ހޮޑުލެވުމާއި މާ ބޮޑަށް ވަރުދެރަވުމާއި ބޮލަށް އެނބުރުން އެރުމާއި އާދަޔާ ހިލާފަށް ކަރުހިއްކުން ހިމެނެއެވެ.

މިއިން އަލާމާތެއް ފެންނަނަމަ ލަސްނުކޮަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.