މުޅި އުމުރަށް ޖަލަށް ލާފައިވާ 314 ކުށްވެރިން، މި ސަރުކާރުން ދޫކޮށްލައިފިއެވެ.

Ads by Asuru

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މިކަން ހާމަކުރައްވައިފައެވެ.

އިހްސާން ވިދާޅުވީ މިހާރު ރާއްޖޭގެ ބައެއް ރަށްރަށުގައި ހާއްސަކޮށް މާލެ ސަރަހައްދާއި މީހުން ގިނަ ރަށްރަށުގައި ވައްކަމާއި ފޭރުގެ މައްސަލަތައް ގިނަކަން ފާހަގަކުރެވޭ ކަމަށާއި އެ ފަދަ ކަންކަމުގައި ގިނައިން އުޅެނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށެވެ.

އަދި މަސްތުވާތަކެތީި ޓްރެފިކް ކުރާ މީހުންނާއި ޑީލް ކުރާ މީހުންގެ މައްސަލަތައް ކުޑަކޮށް ބައްލަވާލެއްވި ކަމަށާއި އެ މީހުންގެ ކުށްތައް ސާބިތުވެ، ޖަލަށްލާ، ދޫކޮށްފައި ހުރި ގޮތްތައްވެސް ބައްލަވާލެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެގޮތުން ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާފައި ތިބި މީހުންގެ ތެރެއިން 314 މީހަކަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި މާފު ދީފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ވިދާޅުވީ އުމުރަށް ޖަލަށްލުމަށް މީހަކަށް ހުކުމްކުރަނީ ފުލުހުން އެ މީހަކާމެދު ހިންގާ ވަރަށް ބޮޑު ބުރަ ތަހުގީގަކަށްފަހު ސާބިތުވާ މިންވަރަށް ބޮޑެތި ކަންކަން ފާހަގަވުމުންކަމަށެވެ.

ނަމަވެސް އެއާއެކު ވެސް އެ ފަަދަ ބޮޑެތި ކުށްވެރިން މިނިވަންކޮށްފައި ތިބުމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.