މެޓަގެ ފޭސްބުކް ޑައުންވެ، މުޅި ދުނިޔޭގެ އެތައްހާސް ބަޔަކަށް މި އެޕްލިކޭޝަނަށް ވަނުމުގައި ދަތިތަކާ ދިމާވެއްޖެއެވެ.

Ads by Asuru

މި ޓެކްނިކަލް މައްސަލަ، މެޓަގެ ފޭސްބުކްގެ އިތުރުން، އިންސްޓެގްރާމާއި ތުރެޑަށް ވެސް ވަނީ ދިމާވެފައެވެ.

ފޭސްބުކް ބޭނުންކުރާ މީހުންގެ އެކައުންޓުތަކުން ލޮގްއައުޓް ކޮށްލުމުން، އެއްގޮތަކަށް ވެސް އަނބުރާ ނުވަދެވޭ ކަމުގެ ޝަކުވާ ކުރަމުން އަންނައިރު، އިންސްޓެގްރާމްގެ ފީޑު ރިފްރެޝް ނުކުރެވޭ ކަމަށް ވެސް އެޕް ބޭނުންކުރާ މީހުން ދަނީ ބުނަމުންނެވެ.

މިއީ ކޮންގޮތަކުން ދިމާވި މައްސަލައެއް ކަމެއް މެޓައިން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.