...
Advertisement
މުލަކުގެ ހެލްތު ސެންޓަރު، ހޮސްޕިޓަލަކަށް ބަދަލު ކޮށްދޭން އެދިއްޖެ

މ.މުލަކުގެ ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކޮށްދޭން އެދިއްޖެއެވެ.

Ads by Asuru

މިކަމަށް އެ ރަށު ކައުންސިލުން އެދިވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އެ ރަށުގެ ކައުންސިލަރުންނާ ބައްދަލު ކުރެއްވުމުންނެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މ. މުލަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ އެލަވެންސް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އ.ތ.މ ކޮމިޓީން މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ.މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
Ads by ooredoo maldives