މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ވައިޓް އެލާޓް ނެރެފިއެވެ.

Ads by Asuru

މެޓް އެފީހުން ވައިޓް އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ސަރަހައްދުތަކަށެވެ.  އެ ހިސާބުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:30އާ ހަމައަށެވެ.

ވައިޓް އެލާޓް ނެރެފައިވާ ވަގުތުތަކުަގއި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ދަނީ އެލާޓްތައް ނެރެމުންނެވެ.